ޚަބަރު
ޖުލައި މަހު ޑިވެލޮޕްމެންޓް ބޭންކުގެ އޮޕަރޭޝަންތައް ފަށާނެ
ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްްޖޭގައި ޑިވެލޮޕްމެންޓް ބޭންކުގެ އޮޕަރޭޝަންތައް ޖުލައި މަހު ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިގޮތަށް ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯން (އެސްއީޒެޑް)އަށް ހާއްސަ ދެ ސަރަހައްދެއް ތަރައްގީކުރަން ރާއްޖެއާއި އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިން އެމްއޯޔޫގައި ސޮއިކުރުމަށްޓަކައި މިއަދު ހެނދުނު މީރުމާ ހޮޓެލްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެެ.

މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް އުފައްދާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ބޭންކްގެ ޒަރީޔާއިން ރައްޖޭގެ އިގްތިސާދީ ތާރީހު ބަދަލުކުރެވިގެންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ޑިވެލޮޕްމަންޓް ބޭންކުތަކަކީ ގައުމުތަކުގައި އާ ވިޔަފާރިތަކާއި، ސިނާއީ ހަރަކާތްތަކާއި، އެހެނިހެން އިގްތިސާދީ މަސައްކަތްތައް ތައާރަފްކުރުމުގެ މަގްސަދުގައި ހިންގާ މާލީ އިދާރާތަކެކެވެ.

އެ ބޭންކުތަކަކީ ވިޔަފާރިތަކާއި ހަރަކާތްތައް ވެސް ގާއިމް ކުރުމަށް ލޯނު ފެސިލިޓީތަކާއެކު އާ ވެންޗާތަކަށް ޕްރައިމަރީ ލޯނު ދޫކުރާ ފަރާތްތަކެކެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަކީ  ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ރިޔާސީ ވައުދެކެވެ.

މީގެ ކުރިން ޖެނުއަރީ މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކޮށް، ރާއްޖެ އާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) އުފައްދާފަ އެވެ. އެ އިދާރާގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.

5
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top