ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
އެންސްޕާ ހިންގުން ޖެންޑާ މިނިސްޓްރީގެ ބަދަލު ކުރުމާ ގުޅޭ އިސްލާހު، އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހާރޫނެވެ.
މެމްބަރު އަހުމަދު ހާރޫނު އެ އިސްލާހު ހުށަހަޅުއްވަމުން ވިދާޅުވީ، އެންސްޕާގެ ކަން ކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހެލްތް މިނިްސްޓްރީއާ ހަވާޅުކޮށްފައި އޮތުމުގެ ބަދަލުގައި، އެންސްޕާ އިޖްތިމާއީ މަސްއޫލިއްތަރު ހަވާލުކޯށްފައިވާި ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލު ކުރުން ކަމަށެވެ.
މި އިސްލާހަށް އަމަލު ކުރަން ފަށާނީ އިސްލާހު ފާސްވެ، ތަސްދީގްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ހާރޫން ހުށަހެޅުއްވި ބިލުގައި ބުނެފައިވެއެވެ.