ށ. ފަރުކޮޅުގައި އެއާޕޯޓެއް ހެދުމަށް ހަވާލު ކުރުމަށް ފަހު އެކަމުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފިއެވެ.

ފަރުކޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 25 ޖޫން 2013 ގައެވެ.

ނަމަވެސް 2014 ވަނަ އަހަރު ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށްފައި ވަނީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ އެ ރަށުގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބުނެފައިވާތީއެވެ.

އެ މައްސަލަ އަރާމް ޓްރެވަލްސް އިން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން 2016 ގައި ހުކުމް ކޮށްފައި އޮތީ އެއްބަސްވުން ބާތިލްކުރީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

އެ މައްސަލަ އެ ކުންފުނިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް މިދިޔަ ހޯމަ ދުވަހު ނިިންމީ ދަށު ކޯޓުގެ އެ ނިންމުން ރަނގަޅު ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.