ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހިންގަމުން އަންނަ ކެފޭ ތަކަށް ނުވަދެވޭނެހެން ޓޭޕް ދަމާ ބަންދުކޮށްފިއެވެ.
ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭ ބީޗް ސަރަހައްދުގައި ކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި މިއަދު 15:00 ކުރިން ނުނަގައިފިނަމަ އެތަކެތި އެޗްޑީސީން ނަގާނެކަމަށެވެ.
އެ އިއުލާނުގައި ވަނީ އެކަން ކުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށެވެ.
އެޗްޑީސީގެ ފަރާތުން މިގޮތަށް އަމަލުކޮށްފައި ވަނީ ހުޅުމާލޭ ފޭސް ދޭކަށް ހޮޅިތައް އެޅުމަށެވެ.
ހުޅުމާލޭ ބީޗް ސަރަހައްދުގައި ހުރި ކެފޭތައް ނެގުމަށް މީގެ ކުރިންވެސް ވަނީ އަންގާފައެވެ.