މިއަހަރުގެ އަމީރުލް ހައޖްުގެ ގޮތުގައި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާނީ އަސްލަމް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރަން ފަށާފައިވާއިރު އެންމެ ފަހު ގްރޫޕު ފުރާނީ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހުއެވެ.
މި އަހަރުގެ ހައްޖަށް މީހުން ގެންދަން ހުއްދަ ދިން ހަ ގްރޫޕަކީ ޒައީ ގްރޫޕާއި ތަޒްކިޔާ ގްރޫޕާއި ހަރަމައިން ގްރޫޕާއި މިނާ ގްރޫޕާއި އަލްއެކްރޯ ގްރޫޕްގެ އިތުރުން ހައްޖު ކޯޕަރޭޝަނެވެ.
މި އަހަރުގެ ހައްޖު ދުވަސް ދިމާ ވަނީ އަންނަ އޮގަސްޓް މަހުގެ 10 ވަަނަ ދުވަހާއެވެ.