ސަރުކާރުގެ ހިއްސާ އޮވެގެން ހިންގަމުން އަންނަ ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ކުރަން ޖެހޭ ކަންކަން މިހާރުން މިހާރަށް ފަށްޓައި، ޕްރައިވެޓައިޒް ކުުރުމަށް ގޮވާލާ ގަރާރެއް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައި ވަނީ ގެއްލުމުގައި ހިންގަމުން އަންނަ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ކުރަން ޖެހޭ ކަންތައްތައް މިހާރުން މިހާރަށް ކުރަން ފެށުމަށެވެ.

މެމްބަރު ޖާބިރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކަށް ވިޔަފާރިން ލިބޭ ގެއްލުން މިލިއަނަށް އަރައިގެންދާ ނަމަވެސް އެ އިރެއްގައި އޮންނަ ސަރުކާރަކަށް ތާއީދު ހޯދުމަށް، ސިޔާސީ ހަތިޔާރެއްގައި އެ ކުންފުނިތަކުގެ ބޭނުން ކުރަމުން އަންނަ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޖާބިރު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން ވަނީ ބާއްވައިފައެވެ.

ސަރުކާރުން އެންމެ ބޮޑު ގެއްލުމުގައި ހިންގާ ދެ ކުންފުނީގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މިފްކޯ އަދި އެމްޓީޑީސީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.