ގދ. ނަޑެއްލާގައި ރޭ އެމްބިއުލާންސް އަކާއި ސައިކަލެއް ޖެހި  އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ގދ،ނަޑެއްލާގައި އެމްބިއުލާންސްއަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އެ އެކްސިޑެންޓް ހިނގައިގެން އެކަމުގެ ރިޕޯޓް ފުލުހަށް ކޮށްފައިވަނީ ރޭ ދަންވަރު 12:36 ހާއިރު ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހާއަށް ކަމަށެވެ.

އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ ރޭ ދަންބަރު 1:53 ހާއިރު ސީ އެމްބިއުލާންސްގައި ތިނަދޫގައި ހުންނަ، ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މިހާރު އެ ހާދިސާ އިތުރަށް ތަހްގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.