ކުރީގެ ރައީސް ޔަމީންގެ ވެރިކަމުގައި ދަތުރުތަކަށް 27 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރައްވާ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދާރީވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ކުރީގެ ސަރުކާރުންވެސް އެކުވެރި ގައުމުތަކަށް ދަތުރުތައް ކޮށްފައިވާ ކަމަށާއި، ނަމަވެސް އެ ދަތުރުތަކުގެ ތަފްސީލު ރައްޔިތުންނާ ހަމައަށް އައިސްފައި ނުވާއިރު އެ ދަތުރުތަކުގެ ނަތީޖާއެއްވެސް ފެންނަން ނެތްކަމަށެވެ.

ފޮރިން މިނިސްޓަރ ޝާހިދު އެ މަގާމަށް ހަވާލުވެވަޑައިގެންނެވި ފަހުން ވަނީ މިހާތަނަށް 19 ގައުމަކަށް ޒިޔާރަތް ކުރައްވާފައެވެ. އެބޭފުޅާ ވަނީ 74 ގައުމެއްގެ ރެޕްރެޒެންޓޭޓިވުންނާއި ބައްދަލުކުރައްވާފައެވެ. މީގެއިތުރުން، ފަސް ގައުމެއްގެ ރައީސުންނާއި ބައްދަލުކުރައްވާފައި ވާއިރު، ހަ ގައުމެއްގެ ބޮޑު ވަޒީރުންނާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ، އެބޭފުޅާ ކުރެއްވި ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވަނީ، 7.5 މިލިއަން ރުފިޔާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *