މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އުފައްދާފައިވާ، ރިޔާސީ ކޮމިޝަނުން ދ.ވާނީ ބްލޫހެވަން ހުސައިން ޒަރީރު މާފުށީ ޖަލުގައި މަރުވި މައްސަލަ ބަލައި ނިންމުމަށް ފަހު އެމައްސަލައިގައި އިހުމާލުވި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވައިފިއެވެ.

ރިޔާސީ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އެކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ހުސައިން ޒަރީރު މާފުށީ ޖަލުގައި މަރުވި މައްސަލަ ކޮމިޝަނުން ބަލައި ނިންމުމަށް ފަހު އެމައްސަލައިގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް ޤާނޫނުގައިވާ ގޮތުން ޖިނާއީ ދައުވާ ކުރަން ޖެހެނީ ޕްރޮސެކިއުޓަރ ޖެނެރަލްއެވެ.

ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ 09 ވަނަ މާއްދާގައި ވެސް ބުނެފައި އޮންނަނީ ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގައި ހިމެނޭ ޖިނާއީ ބައިތަކުގެ ތަޙުޤީޤު ފުރިހަމަވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން، އެފަދަ މައްސަލަތަކުގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

ޒަރީރު މާފުށީ ޖަލުގައި ހުއްޓާ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުން ގެންދަނިކޮށް 2016 ވަނަ އަހަރުގެ ނޮވެމްބަރ 08 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.