މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް އޮތް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މަސްވެރިކަމާއި ބެހޭ ފަސް ޤަރާރު ފަރުމާކުރެވިފައިވަނީ މަސްވެރިންނަށް އޭގެ ހަޤީޤީ ނަފާ ލިބޭނެ ފަދަ ގޮތަކަށް ނޫން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި މަސްވެރިކަމާއި ބެހޭ ގޮތުން ހުށަހަޅުއްވާފައިވާ ޤަރާރުތަކަށް ބަހުޘް ކުރައްވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިކަމާއި ބެހޭ ޤަރާރުތައް މަޖިލީހުގެ ތަޅުމަށް ވައްދައިގެން އުޅެނީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކަމަށެވެ.

މި ހުށަހެޅިގެންދާ ފަސް ޤަރާރުގައިވެސް ސިޔާސީ ބޭނުންތަކެއް ހާސިލް ކުރުމަށްޓަކައި، މިއަދުގެ އޮތް ސަރުކާރު ނުހިނގާތަން ފޫބެއްދުމަށްޓަކައި ކޮންމެވެސް ވާހަކަތަކެއް ދިވެހި ޖައްވުގައި ގުގުމަށްޓަކައި މި ބިލްތައް މަޖިލީހަށް ގެނެވިގެން ވާހަކަދެކެވެމުން މިދަނީ" ޝިޔާމް ވިދާޅުވިއެވެ

ޝިޔާމް ވިދާޅުވީ، މަސްވެރިކަމާއި ބެހޭ ގޮތުން ހުށަހަޅާފައިވާ ޤަރާރުތައް އެގަރާރާއި އަނެއް ގަރާރާއި ފުށޫ އެރުންތަކެއް އެބަހުރި ކަމަށެވެ. އަދި އެ ޤަރާރުތަކަކީ އެއްވެސް ދިރާސާއެއް ނުކޮށް ހުށަހަޅާފައިވާ ޤަރާރުތަކެއް ކަމަށް ޝިޔާމް ސިފަކުރެއްވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ހަމަ އަގު ދެވޭނީ ދިވެހި މަސް ފެކްޓަރީތަކުގެ ވޮލިއުމް އިތުރުކޮށް ހެޔޮ އަގުގައި ރާއްޖެއިން ބޭރަށް މަސް ބޭރުކުރެވޭނެ އިންތިޒާމު ހަމަޖެއްސިގެން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.