މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން މިއަހަރު އެ ކުންފުނީގެ 10 މުވައްޒަަފަކު ހައްޖަށް ފޮނުވަން ނިންމައިފިއެވެ.

އެ ކުންފުނިން އެގޮތަށް ނިންމުމަށްފަހު މާބްލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ އެ މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރ މޫސާ ސޯލިހެވެ.

އެމްއޭސީއެލް އިން ހައްޖަށް ފޮނުވާނެ މުވައްޒަފުން ހޮވަނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެނެވެ.

މިއަހަރު ހައްޖަށް ދިޔުމަށް 165 މުވައްޒަފަކު ކުރިމަތިކަމަށް އެމްއޭސީއެލްއިން ހާމަ ކުރެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަމުން އަންނަ އެމްއޭސީއެލުން ވަނީ މީގެ ކުރިންވެސް އެ ކުންފުނީގެ މުވައްޒަފުން ހައްޖަށް ފޮނުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.