ފަސްހާސް ފައްސަތޭކައެއްހާ މީހުން އެެއްފަަހަރާ މާލެ ވަށާ އަތު ގުޅާލުމުގެ ހަރަކާތެއް މިއަދު ހަވީރު ބޭއްވުމަށް ހަަމަޖައްސައިފިއެވެ.
ބައިނަލްއަގްވާމީ އެކުވެރިންގެ ދުވަހުގެ މުނާސަަބަތާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި ހަރަކާތަށް މިއަދު ހަވީރުގެ ވަގުތުގައި ބޮޑުތަކުރުފާނު މަގުގައި ވެހިކަލް ދުއްވުން ވަނީ ސިޓީ ކައުންސިލްުން މަނާކޮށްފައެވެ.
މި ހަރަކާތް އިންތިޒާމު ކުރާ ހޯމް މިނިސްޓްރީން ބުނީ، މި ހަރަކާތަކީ އާންމުންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއް ކަމަށާއި އެހަރަކާތުގައި ނައިބު ރައީސް ފައިޞަލް ނަސީމްވެސް ވައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި ހަރަކާތް މާލޭގެ އިތުރުން ރަށްރަށުގައިވެސް ކުރިއަށް ގެންދާއިރު މިކަމުގެ މައިގަނޑު މަގްސަދަކީ ދިވެހިންނާއި ރާއްޖޭގައި އުޅޭ އެކި ގައުމުތަކުގެ މީހުން އެއްވަގުތެއްގައި އެއްތަނަކުން ދިމާވެ އެކަކު އަނެކަކާއި އެކުވެރިކަމާއި ރަހުމަތްތެރިކަން އުފެއްދުމެވެ.