އަންހެނަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހިއްޖެއެވެ.މި ހާދިސާ ހިނގާފައިވަނީ، މިއަދު 14:00 ހާއިރު ހުޅުމާލެ ނިރޮޅު މަގުގައެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ނިިރޮޅު މަގުން ދުއްވާފައިވާ ސައިކަލެއް ކޮންޓްރޯލު ނުގެންގޮސް އަމަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެންގޮސްފައިވާކަމަށާއި ސައިކަލު ދުއްވަން އިނީ 31 އަހަރުގެ އަންހެނެއް ކަމަށާއި އަދި ފަހަތުގައި އިނީ 9 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

އަދި އެ ދެމީހުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ސައިކަލުން ދުއްވަން ހުރި 31 އަހަރުގެ އަންހެނަކާއި ސައިކަލު ފަހަތުގައި އިން 9 އަހަރުގެ ފިރިހެންކުއްޖަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން ހުރި 31 އަހަރުގެ އަންހެންމީހާގެ މޫނުމަތި ކަފައިގެން ގޮސްފައިވާއިރު، ސައިކަލު ފަހަތުގައި އިން އަހަރުގެ ކުޑަކުއްޖާގެ ލޯކައިރި މެށައިގެން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.