އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ޒުވާން މަންދޫބު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޒުވާނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި، ބާއްވާ ހާއްސަ ރަސްމިއްޔާތު ތަކުގައި ބައިވެރިވަޑައިގަތުމަށް، އ.ދގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއި އޮން ޔޫތު ޖަޔަތުމާ ވިކްރަމަންޔަކަ ރާއްޖެ ވަޑައިގަންނަވާނީ މިއަންނަ މަހުގެ 12 ވަނަ ދުވަހެވެ.
އެކަމަނާ ރާއްޖެ ވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފްގެ ހާއްސަ ދައުވަތަކަށެވެ.
ޔޫތް މިނިސްޓަރ މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ގޮތުން ޖަޔަތުމާ ރާއްޖެ ވަޑައިގަންނަ ހަމަޖެހިފައިވާ ކަމަށެވެ.
ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހުގެ ހާއްސަ ރަސްމިއްޔާތު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނ.ވެލިދޫގައެވެ.