ދުނިޔޭގައި ދިރިއުޅެންވާނީ ދުނިޔެއަކީ ހަސަދަވެރީންގެ ހާއްޔެއްކަން ދަނެ އެކަމަށް ނިކަން ތައްޔާރުވެގެންނެވެ. ތިމާއަށް ލާބައެއް ލިބިދާނެތީ އެކަމާއި ހަސަދަވެރިވާ އެތައް ބަޔަކު ތިބޭނެއެވެ. އަދި ނުރުހުމުގެ އެތައް ކަޅިއެއް އެނގިގެންވެސް، ނޭނގި ނަމަވެސް ތިމާއަށް ކޮންމެ ދުވަހަކުހެންމެ އަމާޒުވާނެއެވެ.

ސިހުރު ހާހޫރައަކީ، ދިވެހިންގެ ތެރޭގައިވެސް އާންމު އެއްޗެކެވެ. ގިނަ ފަހަރަށް ކިޔެވުން ހަލާކުކޮށްލުމަށް ސިހުރު ހަދާއުޅެއެވެ. އާންމުކޮށް މިބާވަތުގެ ސިޙުރު ހަދާއުޅެނީ ދަރިވަރަށް ސިޙުރު ހަދާފައިވާ އެއްޗެއް ކާންދީގެނެވެ. 

މި ސިޙުރުގެ ބައެއް އަލާމާތްތައް: 

  • ދަސްކުރާ ފިލާވަޅުތައް ފަސޭހައިން ހަނދާންނެތުން.
  • ކިޔެވުމުގެ ވާހަކަ ދައްކާ ނަމަ އެވާހަކަ ދައްކާ ތަނެއްގައި ހުރުމަށްވެސް ފޫހިވުން
  • ފިލާވަޅު ދަސްކުރަން އުޅޭވަގުތު ބޮލުގެ އެއްފަރާތުގައި ނުވަތަ މުޅި ބޮލުގައި ރިއްސުން.
  • ކުލާހުގައި އިންނަ ވަގުތު އާދަޔާ ޚިލާފަށް ނިދިއައުން.
  • ފިލާވަޅު ދަސްކުރަން އުނދަގޫވުން.
  • އިމްތިޙާނު ހޯލަށް ވަނުމުން ދަސްކޮށްފައި ހުންނަ ހުރިހައި އެއްޗެއް ހަނދާން ނެތުން.
  • ބަނޑުގައި ރިއްސުމާއި މޭނުބައިކުރާ ގޮތްވުން.
  • ކިޔެވުން މަތީން ފޫހިވުމާއި ސުކޫލަށް ދާ ހިތްނުވުން އަދި ދާން އުޅޭ ވަގުތު ނިދިއައުން.
  • ސުކޫލުތެރެއަށް ވަނުމުން ހެޔަށް ގޮތްވުން.

ފަހަރުގައި އިސްވެ ދެންނެވުނު އަލާމާތްތައް ވަކިވަކިން ވެސް ފެނިދާނެއެވެ. އެހެންކަމުން އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ރުގްޔާކޮށް ﷲ ތައާލާ ބަޔާންކުރައްވާފައިވާ މަގުން ފަރުވާ ހޯދާށެވެ.

މަސްދަރު: ރުގްޔާ.ކޮމް

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.