ޚަބަރު
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާސަންދައިން ކުރި ހަރަދު އިތުރު
އާސަންދަ ކުންފުނި

ނިމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅާބަލާއިރު އާސަންދަ ސްކީމްއިން ދިވެހިންގެ ބޭސްފަރުވާއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮށްފައިވާ ހަރަދު އިތުރު ކަމަށް އާސަންދައިން ހާމަކޮށްފި އެވެ.

އާސަންދައިން މިއަދު ނެރުނު ތަފާސް ހިސާބުން ދައްކާގޮތުގައި އާސަންދަ ސްކީމްގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައިން ހަރަދުކޮށްފައިވާ ޖުމްލަ ހަރަދަކީ 838 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.8 އިންސައްތައިގެ އިތުރުވުމެކެވެ.  އާސަންދަ ސްކީމްގެ ދަށުން 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާސަންދަ ސްކީމުން ކުރި ޖުމްލަ ހަރަދަކީ 799 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ލިބުނު ފަރުދުންގެ އަދަދު ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ. މިއަހަރު ހިދުމަތް ލިބުނު ފަރުދުންގެ ޖުމްލަ އަދަދަކީ 276،439 އެވެ. މިދިޔަ އަހަރު އާސަންދައިން ހިދުމަތް ނެގި މީހުންގެ އަދަދަކީ 273،434 މީހުން ނެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ 1،691 ފަރާތެއްގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، އިމެޖެންސީ ބޭސްފަރުވާއަށް ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ބަލިމީހުން ބަދަލުކުރުމަށް 1،599 މީހަކު ވަނީ އާސަންދައިގެ ހަރަދުގައި ގެންގޮސްފައި ވެއެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top