ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑު މެންބަރުންގެ ލިސްޓުން ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ނަން އުނިކޮށްފިއެވެ.

ބީއެމްއެލްގެ ބޯޑު އެކުލެވިގެންވަނީ، ސަރުކާރުން އައްޔަން ކުރާ 8 މެންބަރުންނާއި، އާންމު ހިއްސާދާރުންގެ ފަރާތުން އައްޔަންކުރާ ތިން ހިއްސާދާރުނާއެކު 11 މެންބަރުންގެ މައްޗަށެވެ.

އެ ބޯޑުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފްގެ ނަން އުނިކޮށްފައިވާއިރު އެބޭފުޅާ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސައްހަ ނޫން މައުލޫމާތު ދިން ކަމުގެ މައްސަލައެއް މަޖިލީހުން ވަނީ ފުލުހަށް ބަލައިދިނުމަށް އެދި ހުށަހަޅާފައެވެ.

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ފޮނުވާފައިވާ ނަންތަކުގެ ތެރޭގައި ހިމެނެނީ، އެ ބޭންކްގެ ސީއީއޯ ޓިމޮތީ ސޯޔާ އާއި ޖުވައިރިޔާ ސައީދު އާއި ސަނާ މަންސޫރު އާއި ނަޖީމް އިބްރާހީމް ޒަކަރިއްޔާ އާއި ހައްވާ ސަފުނާގެ އިތުރުން، ހުސައިން ތައުފީގު އަލީ ގެނަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.