މާލެއިން ސައިކަލެއް ވަގަށް ނަގައިގެން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ފަތިހު 5:30 ހާއިރު ގަލޮޅުގައި ބާރު ސްޕީޑުގައި ސައިކަލެއް ދުއްވާފައި ދަނިކޮށް، ފުލުހުންނަށް ފެނިގެން މަޑުކުރަން ބުނި، ނަމަވެސް ސައިކަލު މަޑުނުކޮށް ދުއްވާފައި ދިޔުމުން، ފުލުހުން ގޮސް އޭނާ ހިފަހައްޓައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށާއި، އަދި އެ ސައިކަލް މިހާރު ވަނީ ޓޯ ކޮށްފައި ކަމަށެވެ.
އެ މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ، އުމުރުން 20 އަހަރުގެ ދިވެހި ފިރެހެނެކެވެ. ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.