ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފިއެވެ.
ރައީސް ޞާލިހް ބ.އަތޮޅަށް ކުރައްވާ ދަތުރުފުޅު ފައްޓަވާފައިވާއިރު، އެމަނިކުފާނު ފުރަތަމަ ވަޑައިގަންނަވާފައިވަނީ އެ އަތޮޅުގެ ފެހެންދޫއަށެވެ.
ފެހެންދޫއިން ވަނީ ރައީސަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ރައީސް ފެހެންދޫ އަށް ކުރައްވާ އެ ޒިޔާރަތުގައި އެރަށު ކައުންސިލަރުންނާއި އަދި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ އެ ދަތުރުފުޅުގައި، ދަތުރުފުޅުގައި ބ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފެހެންދޫގެ އިތުރުން ރައީސްގެ އެ ދަތުރުފުޅުގައި، ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.