ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގްގެ ދައުވާގައި، ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެކި ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެކި ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެއްގެ ވަގުތެއްގައެވެ. އަދި އެކަން ވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލެެއް ކަމަށްވާ އާދަމް ޝަމީމް ޓުވީޓެއް ކުރައްވާ ކަށަވަރުކޮށްދީފައެވެ.

ރައީސް ޔާމީންގެ ގަނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް ޝަމީމް އިއްޔެ ކުރި ޓުވީޓްގައި ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާއާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާ ދިފާއީ ހެކި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެންމެ ފަހުން ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް ބާއްވާފައިވަނީ، މި މަހުގެ 21 ވަނަ ދުވަހުއެވެ.

ހެކިންގެ ހެކިބަސް ނެގުމަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވަނީ އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި އިއުލާން ކުރައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.