ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރަން މިއަދު ހަވީރު މާލެ ވަށައި ބޮޑުތަކުރުފާނު މަގުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައި މިއަދު ހަވީރު 4:30 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ.

އެ ގަޑިތަކުގައި ދުއްވަން ހުއްދަ ދީފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދާއި އެމްބިއުލާންސްއާ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވާ ސައިކަލާއި ހުޅުމާލެއާއި މާލެ ދެމެދުގައި ދަތުރުކުރާ ބަހުގެ އިތުރުން ދުއްވަން ހުއްދަ ދެވޭ އުޅަނދު ތަކަށެވެ.

ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލްގެ އެންގުމާއި ހިލާފުވާ ފަރާތްތަކަށް ޤާނޫނުގެ ތެރެއިން އެޅެން އޮންނަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.