އާންމުންގެ ފަރާތުން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އެ ތިން ބޭފުޅުންނަކީ ހާލިދު ގާސިމް، ރޯޒީ، ކ. ތުލުސްދޫ، ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ އަދި މިރުފަތު ފާއިޒު، މޗ. ރަންފަހި އެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލެއްވި އެ ތިން ބޭފުޅުންގެ ނަން ވަނީ އިތުރަށް ދިރާސާ ކުުރުމަށް ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާފައެވެ.
އާއްމުންގެ ފަރާތުން ޖޭއެސްސީ އަށް ބޭފުޅަކު ހޯދަނީ މިހާރު އެ މަގާމުގައި ހުންނެވި އަބްދުލް ހަންނާންގެ ދައުރު ހަމަވާތީއެވެ.
އެ މަގާމަށް މީހަކު ހޮވާނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.