ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ރައީސް އޮފީހުން މިއަދު އަލުން ހުޅުއްވައިލައްވައިފިއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުއްވައިލެއްވީ އެ ފުރުޞަތު އަލުން ހުޅުއްވައިލެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމާ ގުޅިގެންނެވެ.
އެންއައިސީގެ މެމްބަރު ކަމަށް އަލުން ކުރިމަތި ލުމަށް ހުޅުވާލާފައިވާއިރު، އެ ފުރުސަތުގެ މުއްދަތު ހަމަވާ ތާރީހަކީ، 6 އޮގަސްޓު 2019 ވާ އަންގާރަ ދުވަހުގެ 14:00އެވެ.
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލުމަށް ރައީސް ޞާލިހަށް ލަފާ އަރުއްވަން މަޖިލީހަށް ހުށަހެޅުއްވީ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އާޒިމްގެ އެ ހުށަހެޅުއްވުން މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.