މީސްމީޑިޔާގައި މިހާރު އެންމެ ގަދަޔަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ޢީދަށް ލާމަށް ގިނަ ބަޔަކު ދާން އުޅޭ ވާހަކައެވެ. މިވާހަަކަތައް އެންމެ ގަދަޔަށް ދެކެވެން ފަށާފައިމިވަނީ، މީސްމީޑިޔާގައި ހިންގި ބޮޑު ކެންޕެއިންނެއްގެ ސަބަބުންނެވެ. "ވިޒިޓް ލާމު" ކެންޕެއިންގެ ސަބަބުންނެވެ. 

"ވިޒިޓް ލާމު" އިން އަތޮޅު ޕްރަމޯޓް ކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މިހާރުވެސް އިތުރު މަސައްކަތެއް އެފަރާތުން ކުރަމުން އަންނަ ކަމަށް، ވިޒިޓް ލާމު އިން "ޖަޒީރާ"އަށް ވަނީ މަޢުލޫމާތު ދީފައެވެ. 

"މިފަހަރު މި ނިންމީ މުޅި އަތޮޅު އެއްބައިވަންތަކަން ދައްކާލަން. އެހެންވެ، ވިޒިޓް ލާމު އިން ޓީޝާޓެއް ހަދަން ގަސްދު ކުރީ. މުޅި ލާމުގެ އެންމެންނަކީ އެއްބައެއް ވަންތަ ބައެއްކަން ދައްކާލުމަށް. އެންމެން އެޗައްޗެއް ކައިގެން ޢީދުގެ ހަރަކާތްތަކުގައި ބައިވެރިވަން ކުރި ކަމެއް އަސްލު މިއީ." ވިޒިޓް ލާމުގެ ޕަބްލިކް ރިލޭޝަންސް އޮފިޗަރ އާއިޝަތު ނުޒުހާ ޖަޒީރާ އަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.  

ވިޒިޓް ލާމު އިން އިތުރަށް ބުނެފައިވަނީ މިފަހަރު ޢީދުގެ ޓީޝާޓްތައް ޑިޒައިންކޮށްފައިވަނީ ޢީދާ އެންމެ ގުޅޭ ގޮތަށް ލާމުގައި ޢީދު ތެރޭގައި ހިންގާ، އަދި ހިންގަމުން ދިޔަ ކުޅިވަރުތައް ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ. 

ރީތި ޑިޒައިނަކަށް ހަދާފައިވާ މިޓީޝާޓްތަކަށް މިހާރު ޕްރައޯޑަރ ކުރެވޭއިރު، ވިޒިޓް ލާމު އިން ބުނެފައިވަނީ ޕްރިއޯޑަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތްތަކުގެ ފޭސްބުކް ޕޭޖަށް މެސެޖްއެއް ކޮށްލުމުން އެކަންތައް ކުރިޔަށްދާނެ ކަމަށެެވެ. 

ޢީދަށް ޚާއްސަ މިޓީޝާޓްގެ ހުރިހާ ސައިޒެއް ލިބެން ހުންނައިރު، ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ ޓީޝާޓްވެސް ލިބެން ހުންނާނެ ކަމށް އެފަރާތްތަކުން މަޢުލޫމާތުދެއެވެ. އަދި އަތް ކުރު އަދި ދިގު ޓީޝާޓްވެސް ލިބެން ހުންނާނެ ކަމަށާއި އަތް ދިގު ޓީޝާޓެއްގެ އަގަކީ 199 ރުފިޔާ ކަމަށާއި އަތް ކުރު ޓީޝާޓެއްގެ އަގަކީ 149 ރުފިޔާ ކަމަށް ވިޒިޓް ލާމު އިން ބުނެއެވެ. 

ވިޒިޓް ލާމު އިން ޢީދަށް ޚާއްސަ ކޮށްގެން ލާމު އަތޮޅުގައި ހިންގާ ޢީދުގެ ހަރަކާތްތައް، އެއް ޕްލެޓްފޯމަކުން ފެންނާނެ ގޮތް ހެދުމަށްވެސް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ވިޒިޓް ލާމު އިން އަތޮޅުގެ ރަށްތަކުގެ ޢީދު ކޮމިޓީއާއި ކައުންސިލާއެކު ދަނީ މަޝްވަރާ ކުރެވެމުންނެވެ. ޢީދުގެ ހަރަކާތްތައް ވިޒިޓް ލާމު މެދުވެރިކޮށް އިޝްތިހާރު ކުރަން ބޭނުން ފުޅުނަމަ، އެފަރާތުގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރެއްވުމަށް އެފަރާތުން އެދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.