ސީޝެލްސްގެ ރައީސްގެ ހާއްސަ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ސީޝެލްސްއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެއްހިއްޖެއެވެ.

ރައީސް ޞާލިހް ސީޝެލްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.

ދެ ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނާއި އެކު، ތިން ވަޒީރަކު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހު އާއި ސީޝެލްސްގެ ރައީސް ބާއްވަވާ ބައްދަލުކުރެއްވުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ފަތުރުވެރިކަމާއި އިޤްތިޞާދާއި ކުޅިވަރުގެ ދާއިރާފަދަ މުހިއްމު ދާއިރާތަކާ ގޫޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އެއްބަސްވުންތަކެއްގައިވެސް ސޮއިކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.