އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ދެއްވީ ދޮގު މައުލޫމާތު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީންވެސް، ބީއެމްއެލްގެ ޑިޕިއުޓީ ސީއީއޯ ޝަރީފް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ކޮމެޓީއަށް ހާޒިރުކުރުމުން ދެއްވީ ދޮގު މައުލޫމާތު ކަން ސާބިތުވެފައިވާ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެމައްސަލަ ތަހްގީގު ކޮށްދިނުމަށް ފުލުހުންނަށް މިހާރު ހުށަހަޅާފާއިވާ ކަމަށެވެ. އަދި ފުލުހުންވަނީ އެ މައްސަލަ ތަހުގީގުކުރަންވެސް ފަށާފައެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް ދޮގު މައުލޫމާތު ދިނީ، ބޮޑު ހިޔާނާތުގެ ތަހުގީގަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ ވެރިން ހާޒިރުކޮށް ސުވާލު ކުރި ދުވަހެވެ.

ޝަރީފް އެދުވަހު ވިދާޅުވީ، ބީއެމްއެލްއިން އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދެމުން ގެންދިޔައީ ޗެކް އެންޑޯސްކުރުމަށް ހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.