ސާރާ އަލީ ހާންއަކީ ކާމިޔާބު ތަރިއެއް ކަމަށާއި، އަދި ރަން ހިތެއްގެ ވެރިއެއްކަމަށް ޒުވާން ބަތަލް ކާތިކް އާރްޔަން ބުނެފިއެވެ.

ސާރާ އަދި ކާތިކްގެ ޖޯޑަކީ މިދުވަސްކޮޅު ބޮލީވުޑްގައި މީހުންގެ ލޯތައް އެންމެ ބޮޑަށް އަމާޒުވެފައިވާ ޖޯޑެވެ. މިދުވަސްކޮޅު ބޮލީވުޑްގެ ހަބަރުތަކުގެ އެންމެ ފަލަ ސުރުހީން ޖާގަ ހޯދާފައިވަނީ އެ ދެތަރިން އުޅެމުންދާ ލޯބި ގޮތްތަކުގެ ވާހަކައިންނެވެ.

"ލުއްކާ ޗުއްޕީ" އިން ބޮޑު ކާމިޔާބެއް ހޯދި ތަރި ކާތިކް އާރްޔަން، ސާރާ އަލީ ހާންއާއި ބެހޭ ގޮތުން ވާހަކަ ދަައްކަމުން ބުނެފައިވަނީ، ސާރާއަކީ ތަރިއެއް ކަމަށާއި ސާރާއަކީ ރަނުގެ ހިތުގެ ވެރިއެއް ކަމަށެވެ.

ކާތިކް އިތުރަށް ބުނީ ސާރާއާއި އެކު މަަސައްކަތް ކުރަން ވަރަށް މަޖާ ކަމަށެވެ. އަދި މަސަައްކަތުގެ މާހައުލުގައި ސާރާ ގެންގުޅެނީ ވަރަށް ވަރުގަދަ ހިތްވަރެއް ކަމަށާއި، އަބަދުވެސް ސާރާއާއި އެކު މަަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

ސާރާ އަދި ކާތިކް ދެން އެންމެ އަވަހަަށް އެކުގައި ފެންނާނީ އިމްތިއާޒް އަލީ ހާންގެ ފިލްމަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.