ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް، އެމްޑަބްލިއުއެސްސީގެ ފާރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި ކާރެއް އެކްސިޑެންޓް ވެގެން އުޅޭ ރިޕޯޓް ރޭ ދަންވަރު 1:00 ހާއިރު ލިބިފައިވާ ކަމަށާއި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ، ހުޅުމާލެ ބޮށިމާ ހިނގުމުން އިރުން ހުޅަނގަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުވެގޮސް ހުޅުމާލެ އެމްޑަބްލިއުއެސްސީގެ ފާރުގައި ޖެހިގެން ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެ ހާދިސާގައި އެ ކާރު ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި ނަމަވެސް، ފާރުގައި ޖެހި އެކްސިޑެންޓު ވުމުން އެމްޑަބްލިއުއެސްސީގެ ފާރަށައި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ކާރު ދުއްވަން އިނީ 22 އަހަރުގެ ދިވެހި ފިރެހެނެއް ކަމަަށާއި، އެމީހާ އަތުގައި ލައިސެންސް ނެތް ކަމަށެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.