އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މަޖިލީހަށް ނަން ފޮނުވާފައިވާ ހަތަރު ބޭފުޅުންނަކީ:

1. ހުސައިން ފިޔާޒު މޫސާ، އަތަމާގެ/ ތ. ވިލުފުށި

2. އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ

3. އަހުމަދު އާހިދް ރަޝީދު، ހ. ގުރަވަ

4. ފާތިމަތު ސައުސަން، މ. ވެންކޫވާ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ޖުމްލަ ނުވަ ބޭފުޅަކު ކުރިމަތިލިއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރުގެ މަގާމުގެ ދައުރު ހަވަމުންނެވެ.

އެ ނަންތައް ވަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އަށް ދިރާސާކުރުމަށް ފޮނުވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.