މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު މައިމޫން މުޙައްމަދުގެ ލައިސެންސް ހިފެހެއްޓި ފުލުހުންނަަށް އިންޒާރުދިން ކަމަށް ބުނާ ބުނުމަށް އޭނާ އިންކާރު ކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ، ދުއްވަމުން މުވާސަލާތީ ވަސީލަތެއް ބޭނުންކުރި މައްސަލައެއްގައި، ފިރެހެނެއްގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށެވެ. 

ފުލުހުން އިތުރަށް ވިދާޅުވީ، އެމައްސަލައިގަ، ފުލުހުން އެމީހާގެ ލައިސެންސް ހިފެހެއްޓުމުން، އެވަގުތު އެތާ ތިބި ފުލުހުންނަށް އިންޒާރުދީ ބިރުދައްކާފައިވާ ކަމަށެވެ. 

ފުލުހުން އެއީ ކޮން ފަރާތެއް ކަން ހާމަކޮށްފައިނުވި ނަމަވެސް، އަޑުތައް ފެތުރެމުންދާ ގޮތުގައި އެ އަމަލު ހިންގީ ހައުސިންގް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު މައިމޫންއެވެ. ނަމަވެސް މައިމޫން ވަނީ އެކަން ދޮގުކޮށްފައެވެ.

އެކަމާއި ގުޅޭގޮތުން ކުރި ޓުވީޓެއްގައި މައިމޫން ވިދާޅުވީ، އެބޭފުޅާ އެއްވެސް ފުލުހަކަށް ބިރުދައްކާ އިންޒާރުދީފައި ނުވާނެ ކަމަށެވެ. އަދި، މިމަހުގެ 23 ވަނަ ދުވަހު އޭނާގެ ލައިސެންސް ކާޑް ހިފެހެއްޓި، ފުލުހަކު އޭނާއާއި ހަރުކަށިކޮށް ވާހަކަދެއްކުމުން، އެކަމަށް ބުނެވުނު އެއްޗަކުން ކަމަށެވެ.

މައިމޫން އިތުރަށް ވިދާޅުވީ އޭނާ އެމައްސަލަ އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *