މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވަމުން އަންނަ ސިޔާސީ ޕާޓީ، މޯލްޑިވްސް ރީފޯމް މޫމެންޓް (އެމްއާރްއެމް) ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ފޯމުތައް ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެެ.

"ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ނާދިރާ ވިދާޅުވީ، އެމްއާރްއެމް އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮޔާއި އެކު މިއަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހަޅުއްވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕާޓީއެއް ރަޖިސްޓްރީ ކޮށްދޭނީ ސައްހަ 3،000 މެންބަރުންގެ ސޮއި ހިމެނޭ ފޯމް ކޮމިޝަނަށް ހުށަހެޅުމުންނެވެ. 

އެމްއާރްއެމް އުފެދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހުގައެވެ.

އެމްއާރްއެމްއާއި ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އެންދެރިމާގޭގައި ހުންނަ އެމްއާރްއެމްގެ އޮފީހަށް ރަސްމީ ގަޑިތަކުގައި ދުރުވެ ޕާޓީއާއި ގުޅުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ. 

އެމްއާރްއެމްއާ ގުޅިވަޑައިގަތުމަށް ގުޅުއްވާނެ ނަންބަރު: 7690992 (އަބްދުލް އަލީމް)

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.