ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރު މަރާލި މައްސަލައާއި ގުޅިގެން އެނާގެ މަރާލި ކަމަށް ޝައްކު ކުރެވޭ މީހުންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.
މާދަމާ މެންދުރު 13:15 ގައި ތަވާލް ކޮށްފައިވާ އެ އަޑުއެހުމަކީ، އެމައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް ހައިކޯޓްގައި ތާވަލް ކުރާ ފުރަތަމަ ފަހަރުވެސްމެއެވެ.
އަހްސަން ބަޝީރު މަރާލާފައިވާނީ، 2011 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ މެންދަމު 3:20 އެހައިކަންހާއިރު އަލިކިލެގެފާނުމަގާއި މަޖީދީމަގާ ގުޅުނު ކަންމައްޗާވީ ހިސާބުންނެވެ.
އޭނާ މަރާލި ކަމުގެ ތުހުމަތު ކޮށްފައިވަނީ، ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރުގެ މަރާ ގުޅިގެން ގ. ގޯޒީ އިބްރާހީމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށެވެ.