ޚަބަރު
ނަރުހުންނަކީ ފަސްޖެހުމެއްނެތި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބޭ ބައެއް: ހަލީލް

ނަރުހުންނަކީ ފަސްޖެހުމެއްނެތި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިތިބޭ ބައެއް ކަމަށް ހެލްތް މިނިސްޓަރު  ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހަލީލް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބާގައި އެކްްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މި ޕޯސްޓުގައި މިނިސްޓަރު ހަލީލް ވިދާޅުވީ ނަރުހުންނަކީ ކެތްތެރިކަމާއި ހިތްވަރާއެކު ރައްޔިތުންނަށް ދިމާވާ ކޮންމެ ހާލަތެއްގައިވެސް، އެއްވެސް ފަސްޖެހުމެއްނެތި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ތިބޭ ބައެއް ކަމަށެވެ. މި ފުރުސަތުގައި މި މަސައްކަތުގައި ދެމިތިބި އެންމެހާ ދިވެހި ނަރުހުންނަށް ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ ތަހުނިޔާ މިނިސްޓަރު ހަލީލް އަރިސްކުރައްވާފައި ވެއެވެ.

މީގެ އިތުރަށްވެސް މިނިސްޓަރު ހަލީލް ވަނީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގައި ގައްޒާގެ ސިއްހީ ހިދުމަތުގައި މަސައްކަތްކުރާ އެންމެހާ ނަރުހުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދި ދުއާ ކުރައްވާފަ އެވެ.

ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މޭ 12 ގައި ފާހަގަކުރާ މުނާސަބާއެކެވެ. މި ދުވަސް މޭ 12 ގައި ފާހަގަކުރަނީ މިއަދުގެ ތާރީހަކީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ނަރުހެއް ކަމުގައިވާ ފްލޮރެންސް ނައިޓިންގޭލްގެ ހަނދާނުގަ އެވެ. 12 މޭއަކީ ފްލޮރެންސް ނައިޓިންގޭލް އުފަންވީ ދުވަހެވެ.

މި ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަރުހުންގެ އަގުހުރި މަސައްކަތާއި މުޖުތަމައުގައި ނަރުހުން ކުޅޭ ހާއްްސަަ ދައުރާއި، އެކަމަށް ޝުކުރު އަދާކުރުމުގެ މުހިންމު ފުރުސަތެއްގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.

މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސްއިން ކަނޑައަޅާފައިވަނީ “އަވަރ ނަރސަސް، އަވަރ ފިއުޗަރ. ދަ އިކޮނޮމިކް ޕަވަރ އޮފް ކެއަރ” އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top