ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެ ކޮމިޓީއަށް މައުލޫމާތު އޮޅުވާލެއްވި ކަމަށް ތުހުމަތުކޮށް މަޖިލީހުން ފޮނުވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ވިދާޅުވީ ޝަރީފަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް އަދި ޝަރީފު ހާޒިރު ކުރައްވާފައި ނުވާ ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލާގައި ބީއެމްއެލްގެ އިހުމާލުތަކާ ގުޅިގެން މާލިއްޔަތު ކޮމިޓީގައި ތިއްބަވާ މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަރީފް ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތު ކުރެވުނެވެ.

ނަމަވެސް ދޮގު މައުލޫމާތު ދެއްވުނީ މައުލޫމާތުގެ ކުށަކުން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޮމެޓީތަކަށް ހާޒިރު ކުރެވޭ ފަރާތްތަކުން ދޮގު މައުލޫމާތު ފޯރުކޮށްދެނީ ނަމަ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް، ޕީޖީ އަށް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.