ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި މިއަދު ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށާއު އޭނާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑާއި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *