މިނިވަން ދުވަހާއި ގުޅިގެން ރޭ މާލެ މަގުތަކުގައި ބޭއްވި ފުޅަނދު ބުރުގައި ބައިވެރިކުރި ފުޅަނދުތައް،  އަލުން ދައްކާލުން އެކުވެނި ވެލިދަނޑުގައި ބޭއްވުމަށް ހަމަޖައްސާފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، މިނިވަން ދުވަހަށް ތައްޔާރުކުރި ފުޅަނދުތައް ޢާއްމުކޮށް ދައްކާލުމާއި ފޮޓޯ ނެގުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވަނީ، އެކުވެނި ވެލި ދަނޑުގައި ކަމަށެވެ.

މާލޭގައި ރޭ ފުޅަނދުބުރުގެ ހަރަކާތް 8:00 ގައި ފެށިގެން ގޮސްފައިވާއިރު، ފުޅަނދު ބުރުގައި ބައިވެރިކުރި ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.

މިއަހަރު ފާހަގަކުރަމުން މިދަނީ ދިވެހި ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހެވެ.

އިއްޔެ ހަވީރު މާލޭގައި ވަނީ އެމްއެންޑީއެފުން އިންތިޒާމުކޮށްގެން މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ޕެރޭޑެއް ވެސް ބާއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.