އިންޑިއަން އޯޝެން އައިލެންޑް ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފް ފާތިމަތު ދީމާ އަލީ އަށް ދީފިއެވެ.

ރޭ ވަނީ، މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ދީމާއާއި ދިދަ ހަވާލުކޮށްފައެވެ.

އައިއޯއައިޖީގައި ދީމާ ވަނީ މިއަދު ހެނދުނު ކުރިއަށްދިޔަ ޓީޓީ ވިމަންސް ސިންގަލްގެ ފައިނަލް އިން ކާމިޔާބު ހޯދައި، ރަން މެޑަލް ހާސިލް ކޮށްފައެވެ.

ދިމާ ވެގެންދާނީ އެހާ ޅަ އުމުރެއްގައި އައިއޯއައިޖީގައި ދިވެހި ދިދަ އުފުލުމުގެ ފުރުސަތު ލިބޭ ފުރަތަމަ ފަރާތަށެވެ. 

އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާފައިވަނީ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒަބީރު (ޒަބީ)އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.