ޚަބަރު
ލަންކާއިން ހިންގި ގޮވާ އެއްޗެހި ނައްތާލުމާއި ގުޅޭ ކޯހެއް ދިވެހި ސިފައިން ފުރިހަމަކޮށްފި
ފޮޓޯ: އެމްއެންޑީއެފް
ސްރީލަންކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ހިންގި “ބޭސިކް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ކޯސް–3” (ލެވެލް 2) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މިކަމަަށް ޓަކައި މިއަދު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހެޑްކުއޯޓަރޒްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ކޯހުން ދަސްވެނިވި ސިފައިންނަށް “އީއޯޑީ ބެޖު” ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުހައްމަދު ޖަމްޝާދެވެ. އަދި ކޯހުގެ ވަނަތައް ހާސިލުކުރި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވެސް ޝަރަފުވެރި މެހުމާނެވެ.
މި ކޯސް ފުރިހަމަކުރި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ސްރީލަންކާ އަރމީ އިންޖިނިއަރސްގެ އިންސްޓަކްޓަރުންނާއި، ކޯހުގެ ކޯސް އޮފިސަރ، ލެފްޓިނެންޓް ހާތިމް އަހްމަދެވެ.
މިއަހަރުގެ މާރިޗު 24 އިން މޭ 11 އަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ކުރިއަށް ގެންދިޔަ މި ކޯހުން 27 ސިފައިން ވަނީ ދަސްވެނިވެފަ އެވެ. މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ، ލާންސް ކޯޕްރަލް މުހައްމަދު ސާވިން (ސނ. 8327) އެވެ. އަދި، ޕްރައިވެޓް ފާތިމަތު ޝަހުދާ އަބޫބަކުރު (ސނ.8714) ކޯހުން ދެވަނަ ހާސިލުކުރިއިރު، ކޯހުން ތިންވަނަ ހާސިލުކޮށްފައިވަނީ ސްޓާފް ސާޖަންޓް މުހައްމަދު ރަފީގް (ސނ.6361) އެވެ.
އީއޯޑީ ލެވެލް 2 ކޯހަކީ ކޮންވެންޝަނަލް މިއުނިޝަން ޑިސްޕޯސަލްއާއި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލްއާއި އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ އިލްމާއި ހިލްމު އުނގަންނައިދިނުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.
މި ކޯހުގައި ކިޔަވައިދެވިފައިވާ ދާއިރާތަކުގެ ތެރޭގައި އެކްސްޕްލޯސިވްސް، ޑިމޮލިޝަން، ބޫބީ ޓްރެޕްސް، އާމްސް އެންޑް އެމިއުނިޝަން، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް، އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް، ސަރޗް ޓެކްނިކްސް އަދި މައިން ވޯފެއަރ ހިމެނޭ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައި ވެއެވެ.
2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top