2023 ވަނަ އަހަރުގެ އިންޑިއަން އޯޝެން އައިލެންޑް ގޭމްސް(އައިއޯއައިޖީ) ދިވެހި ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކުޅިވަރުގެ ދާއިރާ ރަނގަޅު ކުރުމަށް ކުރި ރަނގަޅު މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައިއޯއައިޖީ 2023 ވަނަ އަހަރު ދިވެހި ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބުމަކީ ވަރަށްވެސް އުފާވެރި ހަބަރެއް ކަމަށެވެ.

 އަދި އެއީ ކުރީގެ ސަރުކާރުތަކުން، ހާއްސަކޮށް، ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ކުޅިވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްދިން ކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މެމްބަރު ޝިޔާމް ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވީ، ރައީސް ޞާލިހް އައިއޯއައިޖީ ރަނގަޅަށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.