ކުރިއަށް އޮތް އަހަރަކީ ވެސް ދިވެހިރާއްޖެ އަށާއި ދިވެހިންނަށް ކާމިޔާބު ލިބޭނެ އަހަރެއް ކަމުގައި ވުން އެދިވަޑައިގަންނަވާ ކަމަށް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ވިދާޅުވެއްޖެއެވެ.

ރާނީ އެލިޒަބަތު މިހެން ވިދާޅުވީ ދިވެހިރާއްޖެ މިނިވަން ވިތާ 54 އަހަރު ފުރުން ފާހަގަ ކުރަމުން ގެންދާތީ ފޮނުވި ތަހުނިޔާގެ މެސެޖްގައެވެ.

ރާނީ އެލިޒަބަތު ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޞާލިހަށާއި ރާއްޖޭގެ ރައްޔިތުންނަށް ފޮނުމުގެ ޝަރަފު ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވެފައެވެ.

ރާނީ އެލިޒަބަތު ވިދާޅުވީ، ކުރިއަށް އޮތް އަހަރަކީވެސް ރާއްޖެއަށް ފާގަތި އަދި އުފާވެރި އަހަރަކަށް ވުން އެދޭ ކަމަށެވެ

މިނިވަން ދުވަހުގެ ގޮތުގައި ދިވެހިން ފާހަގަ ކުރަމުންދަނީ، 1887 ވަނަ އަހަރު ޑިސެމްބަރު މަހުން ފެށިގެން، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.