ކޯސްޓްގާޑްގެ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ސިފައިންގެ ވަޒީފާއިން ރިޓަޔާކޮށްފިއެވެ.

ބްރިގޭޑިއަރ ޖެނަރަލް އަލީ ޒުހައިރު ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. 

އެބޭފުޅާ ވަނީ ސިފައިންގެއަށް 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައެވެ.

ޖެނަރަލް ޒުހައިރަކީ ކޯސްޓްގާޑްގެ ކޮމަންޑަރުގެ އިތުރުން ސިފައިން ވެލްފައަރ ކޮމްޕެނީ (ސިވެކް)ގެ ޗެއަރމަންއެވެ.

ސިފައިންގެ ރިޓަޔަމަންޓް ގަވައިދުގައިވާ ގޮތުން ޝަރަފްވެރި ކަމާއެކު ވަޒީފާއިން ރިޓަޔާ ކުރެވޭނީ 20 އަހަރުގެ ހިދުމަތަށް ފަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.