މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، މިއަދު ހަވީރު ކުރިއަށް ގެންދާ ހަރަކާއްތަކަށް ފުރުސަތު ދިނުމަށްޓަކައި މިއަދު ހަވީރު މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީއިން ވިދާޅުވީ، މިއަދު ހަވީރު 4:00 ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ.
އެގަޑިތަކުގައި ހަމައެކަނި ދުއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަދީފައިވާ އިންޖީނުލީ އުޅަނދުތަކަށެވެ.
ޓްރާންސްޕޯޓުން ބުނީ އެ އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
މިއަދު ހަވީރު މާލެ މަގުތަކުގައި މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޭޑެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.