2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ދިވެހި ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ދިވެހިރާއްޖޭއަށް 2013 ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ބުނެ ޓުވީޓެއް ކުރައްވާފައެވެ.

ދިވެހި ރާއްޖޭގެ ފަރާތުން 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމަށް ފުރުސަތަަކަށް އެދި ބިޑް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާ ބިޑް ހުށަހެޅުމަށް މޮރިޝަސްގެ އިންޓަރކޮންޓިނެންޓަލް ހޮޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ފަރާތުން އެ ބިޑް ހުށަހެޅީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފެވެ. ބިޑް ހުށަހެޅުމަށްފަހު މަހްލޫފް ދެއްކެވި ވާހަކަފުޅުގައި އެބޭފުޅާ ވިދާޅުވީ،  އައިއޯއައިޖީ އަކީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ ގޭމްސް އެެއް ކަމަށާއި، އަދި އެއީ ރާއްޖެއިން ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތް ކަމަށެވެ.

ރާއްޖޭގެ އިތުރުން، އައިއޯއައިޖީ ބޭއްވުމަށް ބިޑް ހުށަހަޅާފައިވަނީ، މަޑަގަސްކަރ އަދި ކޮމޮރޮސް އިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *