ގދ.ތިނަދޫގައި ހާލު ދެރަވި ޒުވާނަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރަމުން އެބަދެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ގދ.ތިނަދޫ ޑޮކްޓަރު ޢަބްދުލްސަމަދު ހޮސްޕިޓަލްގައި "ޑީކޮމްޕްރެސަން ސިކްނެސް" ވެ، ފަރުވާދެމުންދިޔަ 26 އަހަރުގެ ޒުވާނެއްގެ ހާލުބޮޑުވެ، އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ އޭނާ މިއަދު 10 ޖަހާކަންހާއިރު މާލެ ގެނެވޭނެ ކަމަށާއި، ހެލިކޮޕްޓަރު ލޭންޑްކުރަން ހަމަޖެހިފައިވަނީ މާލޭ އުސްފަސްގަނޑަށް ކަމަށެވެ.
އެމްއެންޑީއެފުން ވަނީ މީގެ ކުރިންވެސް ހެލިކޮޕްޓަރުގެ އެހީގައި އެތައް ބަލި މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.