އޮލިމްޕިކްސްގެ ތާރީހު ދުށް އެންމެ ކާމިޔާބު އެތުލީޓް އެމެރިކާގެ މައިކަލް ފެލްޕްސް, މީގެ 10 އަހަރު ކުރީން ހަދާފައިވާ ފެތުމުގެ 100 މީޓަރު ބަޓަފްލައި އިވެންޓުގެ ދުނިޔޭގެ ރެކޯޑް އެ ގައުމުގެ ކޭލެބް ޑްރެސެލް މުގުރާލައިފިއެވެ.

ކޭލެބް މި ރެކޯޑް މުގުރާލީ މިހާރު ކޮރެއާގެ ވަންޖޫގައި ކުރިއަށްދާ ވޯލްޑް އެކުއާޓިކްސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް އިވެންޓު 49.50 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ ފެލްޕްސް ނިންމި ވަގުތަށްވުރެ 0.32 ސިކުންތުގެ ކުރިއެރުމެކެވެ.

އުމުރުން 22 އަހަރުގެ ޑްރެސެލް މި ރޭސް ނިންމީ، ދެވަނައަށް ދިޔަ ރަޝިއާގެ އަންދްރެއި މިނަކޯވް އަށް ވުރެ 1.44 ސިކުންތު އަވަހަށެވެ. މި ރޭހުގެ ތިންވަނަ ފްރާންސްގެ މެހްދީ މެޓެއްލާ އަށް ލިބުނުއިރު، ހަތަރުވަނަ އަށް ދިޔައީ އިންގްލެންޑްގެ ޖޭމްސް ގައި އެވެ.

ޑްރެސެލް ވަނީ މިހާތަނަށް އައިއިރު މިފަހަރުގެ މުބާރާތުގައި ތިން ރަން މެޑަލް ހޯދާފައެވެ. މީގެއިތުރުން، 2017 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައިވެސް އޭނާ ވަނީ ހަތް ރަން މެޑަލް ހޯދާފައެވެ. 

މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ފެލްޕްސް ކުރީން ހަދާފައިވާ އިތުރު ރެކޯޑެއްވެސް ވަނީ މުގުރާލައިފައެވެ. އެގޮތުން، ފެތުމުގެ 200 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑް މުގުރާލީ ހަންގޭރީގެ ކްރިސްޓޯފް މިލަކް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.