ޚަބަރު
ފޮރިން މިނިސްޓަރު ޒަމީރު ގަތަރަަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު މޫސާ ޒަމީރު---ފޮޓޯ: އަވަސް. އެމްވީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ރޭގެ ވަގުތެއްްގައި ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު ޒަމީރު ގަތަރަށް ވަޑައިގަތީ 3 ދުވަހުގެ ދަތުރުފުޅެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ތާނީއާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަން ހާމަކުރައްވާފަ އެވެ. މިއަހަރަކީ ރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ހާރިޖީ ގުޅުމަށް 40 އަހަރު ފުރޭ އަހަރެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ގަތަރު ސަރުކާރުގެ އިސް އެހެން ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި، ދެގައުމުގެ އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަރުގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި އެމްބެސެޑަރ އެޓް ލާޖް ޑރ. ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓަރ ލަމްހާ ސަލީމް ބައިވެރިވެވަޑައިގަންނަވަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top