ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން މަސްވެރިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުތަކަކަކީ އެއްވެސް ތާކުން ތާކުން ނުޖެހޭ އޮޅުން ބޮޅުން އަރާފައިވާ ގަރާރުތަކެއް ގޮތުގައި، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސިފަކުރައްވައިފިއެވެ.

އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަސްވެރިކަމާއި ގުޅޭ ގަރާރަށް ބަހުސް ކުރައްވަމުން، އެބޭފުޅާ ވިދާޅުވީ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ފާހަގަކުރެއްވި ގޮތަށް، ބޭރުގެ މަސްބޯޓްތަކަށް ރާއްޖެއަށް މަސްގަންނަން އައުމުގެ ހުއްދަ ދިނުމުން، މަސް ގަންނަން ވަންނަ ކޮންމެ ފަހަރަކު ދާ ޖަހާނެ ކަމަށާއި އަދި ނުކުންނަ ކޮންމެ ފަހަރަކުވެސް ދާ ޖަހާނެ ކަމަށެވެ.

އަދި މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ބައެއް ގަރާރުތަކުގެ ސަބަބުން، ދިވެހި މަސްވެރިންނަށް ލިބެންޖެހޭ ހައްގު އަގުވެސް ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާޒު ދެއްކެވި ވަހާކަތަކަށް ރައްދު ދެއްވަމުން، މެމްބަރު ސައީދު ވިދާޅުވީ، ވިލިމާލެ ސައިޒްގެ ޕްލެޓްފޯމްތައް އަޅައިދޭނަމޭ ބުންޏަސް، މާވަށު ރައްޔިތުންނަށާއި، އެރަށުގެ މަސްވެރިންނަށް އެކަން ގަބޫލު ނުކުރެވޭ ކަމަށެެވެ. އަދި އެކަން ގަބޫލު ނުކުރެވެނީ 2008 ވަނަ އަހަރު މާވަށުން ސީދާ ޔޫރަޕަށް ގަރުދިޔާއި، ރިހާކުރު އެކްސްޕޯޓް ހޮޅި އަޅައިދޭ ވާހަކަ ދައްކާފައިވުމުން ކަމަށެވެ. މެމްބަރު ސައީދު ވަނީ އެކަމަށް ކިހާ ވަރެއްގެ ހަރަދެއް ހިނގާނެތޯވެސް ސުވާލުކޮށްފައެވެ.

މެމްބަރު ސައީދު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ޖެހޭނީ، 60 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ނުވަސްތޭކަ މިލިއަން ރުފިޔާގެ ބެޖެޓް ސަޕޯޓެއް ލިބިގެން ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.