ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިހާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިހާބު މިއަންނަ މަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ވަނީ އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަނޑިޔާރުންނަށް އެ ފުރުސަތު ހުޅުވާލާފައި ކަމަށާއި، އަދި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޑީޖޭއޭއިން އިތުރަށް ވިދާޅުވީ، އެ އިންތިހާބު އޮންނާނީ އަންނަ އޯގަސްޓް މަހުގެ 24 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަނޑިޔާރުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ މަޢުލޫމާތު އެ ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ޑީޖޭއޭ އިން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.