ދ. އަތޮޅު ވާނީގައި ހުންނަ ފުލުހުންގެ ތަމްރީން މަރުކަޒުގައި ތަމްރީން ހަދަމުން ދިޔަ ޒުވާނަކު ގެނބިގެން ނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ދ. ވާނީގައި ކުރިއަށްދާ 31 ވަނަ ޕޮލިސް ރެކްރުއިޓް ޓްރެއިނިންގް ކޯހުގެ ސްވިމިންގް ސެޝަނެއްގައި ހިނގި ހާދިސާއެއްގައި ފުލުހަކު ގެނބިގެން ނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، ގެނބިގެން ނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ފިރެހެނެއް ކަމަށެވެ.
މިހާރު އެ ހާދިސާ ދަނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްގެ ހާއްސަ ޓީމަކުން ބަލަން ފަށާފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.