"ޓިކްޓޮކް" ތަފާތު ވީޑިއޯތައް އާއްމުކޮށްގެން ދިވެހިންގެ މަގުބޫލްކަން ހޯދާފައިވާ މެދު އުމުރުގެ ފިރިހެނަކު ކުޑަ ކުއްޖަކާއި ބެހިގެން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނެ، 23 ޖުލައި ގައި ހުށަހަޅާފައިވާ މައްސަލަ އަކާއި ގުޅިގެން ރޭ 18:30 ހާއިރު 51 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓް އަމުރެއްގެ ދަށުން ދެކުނުގެ ރަށަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވާ މެދު އުމުރުގެ މީހާއަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
ހައްޔަރު ކޮށްފައިވާ މީހަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
ފަހަކަށް އައިސް ރާއްޖޭގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އާއްމުވެފައެވެ.